ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީގެ ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމީދޫއަށް ޒިޔާރަތްކުރެއްވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވިއެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ.