ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުއްޓާއި، އިހަވަންދޫގައި އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ޚިދުމަތް ވެސް ފައްޓަވައި ދެއްވާފައެވެ.