بســم اللّـه الرّحمـن الرّحيــم

الســّلام عليــكم ورحـمــة اللّـه وبـركاتـه.

ފަސްވަނަ ސާފް ފުޓްބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ ގްރޫޕް "އޭ" ގެ މާލޭގައި ކުޅޭ މެޗްތަކުގައި ބައިވެރިވާ ހުރިހާ ޓީމުތަކަށާއި، ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ދިވެހިރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މަރުޙަބާ ދަންނަވަން.

On behalf of the People of the Republic of Maldives, I had great pleasure of welcoming all teams, players and officials who are visiting the Maldives to take part in the Fifth SAFF Championship. I wish them all a happy tournament and a memorable stay in the Maldives.

މިމުބާރާތަކީ ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅެވޭ، އަދި ފުޓްބޯޅައިގެ ހުނަރުތައް ރީތިކޮށް ފެނިގެންދާ ވަރަށް ކާމިޔާބު މުބާރާތަކަށްވުމަށް އަޅުގަނޑު އުންމީދު ކުރަން. އަދި މިމުބާރާތުގެ ސަބަބުން، ސާކް ޤައުމުތަކުގެ މެދުގައި، އަދި މި މުބާރާތަކީ، ޚާއްޞަކޮށް، ސާކް ޤައުމުތަކުގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެ މުބާރާތެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން. ހަމައެއާއެކު، މިމުބާރާތަކީ ދިވެހިރާއްޖެއަށް ރީތިނަމާއި ޝަރަފް ލިބިގެންދާނެ މުބާރާތެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިދެތިން ބަހާއެކު، މާތްاللّـه ގެ އިސްމުފުޅުގެ ބަރަކާތުން ފަސްވަނަ ސާފް ފުޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި، މާލޭގައި ކުޅެވޭ މެޗްތައް އިފްތިތާޙު ކޮށްދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑު ލިބިގަންނަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.