ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ. މި ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ ހަވީރު މުލީއާގެގައެވެ.

މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެކެވެ.