1440ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، ކަލަންޑަރުގައިވާ ގޮތުން
މި މޭ މަހުގެ 6 ވާ ހޯމަ ދުވަސްކަމަށްވާތީ، މި ހިނގާ މޭ މަހުގެ 5 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ބަރަކާތްތެއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހި ކޮށްދެއްވުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.