ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސަކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަލުން އެކުލަވައިލައްވައިފިއެވެ.

އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި ބޭފުޅުން ތިރީގައި މި ދަންނަވަނީއެވެ.

1. މަރްޔަމް ޚާލިދާ، ގ. ސިލްވަރުގެ
2. އިބްރާހީމް ނޫރައްދީން، މއ. މާންދޫގެ
3. މުޙައްމަދު ޢަލީ ޖަނާޙް، ހ. ސީސައިޑް
4. ޢަލީ އާދަމް، ޗާނދަނީގެ / ހއ. ހޯރަފުށި
5. މަޢުރޫފް ޛާކިރު، ދާއިރާ / ބ. ކެންދޫ