ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމުގެ މަޤާމަށް ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޛު ނަޞްރުﷲ ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަލްއުސްތާޛު ނަޞްރުﷲ ޢަލީ މި މަޤާމަށް ޢައްޔަނު ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ޤުރުއާނާއި، އިސްލާމީ ޢިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަލްއުސްތާޛު ނަޞްރުﷲ ޢަލީ އަކީ މިޞްރުގެ ޢަލްއަޒްހަރު ޔުނިވަރސިޓީއިން "ބެޗެލަރ އޮފް އަރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.