މިހިނގާ އެޕްރީލް މަހުގެ 7 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވަމުންދާތީއެވެ. އަދި، މި ދުވަސް ބަންދު ކުރެއްވުމަކީ، ސަރުކާރުގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެއްރުއްވި ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.