މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، ސިންގަޕޫރުގެ މައުންޓް އިލިޒަބަތު ހޮސްޕިޓަލްގައި ރާއްޖޭ ގަޑިން ރޭ މެންދަމު 1.05 ގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން 3 ދުވަސް ވަންދެން (އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.