1. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ޢައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު މިހާތަނަށް ހުންނެވީ އެޓަރނީ ޖެނެރަލް ކަމުގެ މަޤާމުގައެވެ.

2. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމަށް ހެންވޭރު ހާލި އަލްފާޟިލް އަމީން އިބްރާހީމް، ޢައްޔަން ކުރައްވައިފިއެވެ.

3. އެޓަރނީ ޖެނެރަލް ކަމުގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ، އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ބިސާމް، ޢައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛާ ޢާއިޝަތު ބިސާމް މިހާތަނަށް ހުންނެވީ ޑެޕިއުޓީ އެޓަރނީ ޖެނެރަލް ކަމުގެ މަޤާމުގައެވެ.