މި ހިނގާ ރިޔާސީ ދައުރު ހަމަވާއިރު، އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމުން، މި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޙައްލެއް ހޯއްދަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފި
23 އޮކްޓޫބަރު 2013
"މެރިޓައިމް ލޭބަރ ކޮންވެންޝަން 2006" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފި
22 އޮކްޓޫބަރު 2013
މިހާރު ހިނގަމުންމިދާ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގައި އިންތިޚާބުވެފައިވާ ރައީސަކު ނެތުމަކީ، ރާއްޖޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އޮތް އެންމެ ރަނގަޅު މަޞްލަޙަތު ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
21 އޮކްޓޫބަރު 2013
ރާއްޖޭގެ ޤައުމީ ބަޠަލުންގެ ޒިކުރާ ދިރުވާ އާލާނުކުރެވޭނަމަ، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ނިކަމެތިވެދިޔުން ދާދި އަވަސްވާނެ ކަމަށާއި، ސިފައިންގެ ހައިސިއްޔަތުން، ސިފައިންގެ ސަފުތަކުގެ ބަދަހިކަމަށްވެސް ލޮޅުން އަރައިގެން ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
21 އޮކްޓޫބަރު 2013
މި އޮކްޓޫބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
19 އޮކްޓޫބަރު 2013
މާދަމާ، ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، ސުޕުރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށްޓަކައި ދެއްވަންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވުމަށް ހުރިހާ ފަރާތްތަކަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
18 އޮކްޓޫބަރު 2013
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ ފޮރިން ސެކްރެޓަރީ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
17 އޮކްޓޫބަރު 2013
އިންތިޚާބު ބޭއްވެވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ދައުލަތުގެ މުއައްސަސާތަކުން ކުރައްވަމުން ގެންދަވަނީ، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބައްލަވައި، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކަންތައްތައް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދެވުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ދަށުގައިވާ މުއައްސަސާތަކުން ކުރައްވަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމިނިސްޓްރީއަށް އަންގަވައިފި
17 އޮކްޓޫބަރު 2013
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކަށް ތާއީދު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގަސްދު ކުރެއްވީ، ކޮންމެ ބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް، އެއީ، އެމަނިކުފާނަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ ކާމިޔާބީއެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައި ރައީސް ވިދާޅުވެއްޖެ
15 އޮކްޓޫބަރު 2013
ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
14 އޮކްޓޫބަރު 2013