ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މެންދުރުފަހު ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޫއްޑޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ކޫއްޑޫ ޖެޓީ ސަރަޙައްދު ވަނީ ބައްލަވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.