މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި "ރަވާނާ" ބޯޓު ރޭ ފަތިހު ރޯވެ އަނދައިގެންދިޔުމާ ގުޅިގެން، ބޯޓުގައި ދަތުރުކުރި މީހުން ކޯސްޓް ގާޑުގައި މާލެ ގެނައި ތަނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަޑައިގެން އެމީހުންގެ ހާލު ބައްލަވައިލައްވައިފިއެވެ. އެ ބޯޓަކީ ފުވައްމުލަކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓެކެވެ.