ރާއްޖެއާއި އިންޑިޔާއާ ކުޅޭ އެކުވެރިކަމުގެ ކްރިކެޓް މެޗުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި މެޗު ކުޅެފައިވަނީ ކުޅިވަރު އެކުވެނިގައެވެ.

މި މެޗަކީ އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒް 2019 ގެ ތެރޭގައި ހިމެނިގެން ކުޅޭ މެޗެކެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.