ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރެއްވުމަށް ނިންމަވާފައިވާ ވައުދުތަކުގެ ތެރެއިން، ފުރަތަމަ 60 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ، އިންތިޚާބީ މަޤާމުތަކަށާއި ސަރުކާރުން އައްޔަނުކުރާ މަގާމުތަކަށް ހަމަޖެހޭ ބޭފުޅުންނަށް ހިންގެވުމަށް ހަމަޖެހިފައިވާ އެންޓިކަރަޕްޝަނާއި ގުޑް ގަވަނަންސާ ބެހޭ ޕްރޮގްރާމް މިއަދު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކުރައްވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ނޭޝަނަލް އާޓް ގެލެރީގައެވެ.