ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު މާލެ އަތޮޅު ހިންމަފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތުބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިންމަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ހިންމަފުށީ ކައުންސިލް މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ހިންމަފުށީ ސްކޫލަށާއި، ހިންމަފުށީ ހެލްތް ސެންޓަރަށްވެސް ޒިޔާރަތްކުރެއްވިއެވެ.