މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާގޮތަށް އުފައްދަވައިފައިވާ، ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި، އެ ޑިޕާޓްމަންޓުގެ ދަށުން ހިނގަމުންދާގޮތަށް އުފައްދަވައިފައިވާ ޕަބްލިކް ވަރކްސް ސަރވިސަސް، 2019 ޖަނަވަރީ 2 ވަނަ ދުވަހު އުވައިލައްވައި، އެ ދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުންދާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.