މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުންއައި، "ފިޔަވަތި" އާއި، "ކުޑަކުދިންގެ ހިޔާ" އާއި، "އަމާންހިޔާ" އާއި، "ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ތައް، 2019 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން ސީދާ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.