100 ދުވަހުގެ ވަޢުދުތައް - އިޖުތިމާޢީ މަސައްކަތާއި ކުޅިވަރު







ޖުމްލަ 2 ދާއިރާއިން 10 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 9
ނިމުނު އިންސައްތަ 90%
65
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެންޖީއޯ ޤާނޫނު ގެ ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައި.
• ބިލް އެކުލަވާލުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު.
• އެންޖީއޯ ޤާނޫނު ގެ ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައި.
• ބިލް އެކުލަވާލުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު.
ފެންނާނެ ބަދަލު • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބުން.
• ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުވުން.
• މި ޤާނޫނުގެ ދަށުން ވިޔަފާރިކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ހެދި ޖަމްޢިއްޔާތައް އިޤްތިޞާދީގޮތުން ބާރުވެރިވުން.
66
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަދަނީ ޖަމިއްޔާތަކުގެ މައުލޫމާތު ލިބޭނެ އޮންލައިން ޕޯޓަލް 24 ފެބްރުވަރީ 2019 ގައި ލޯންޗުކުރެވިފައި.
• ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ 2360 ޖަމްޢިއްޔާތަކުގެ މަޢުލޫމާތު ޕޯޓަލްގައި ހިމަނާފައި.
ފެންނާނެ ބަދަލު • ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ޖަމްޢިއްޔާތަކުގެ ފުރިހަމަ މަޢުލޫމާތާއި ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު އޮންލައިންކޮށް އެއްތަނަކުން ލިބެންހުރުން.
• ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ ޖަމްޢިއްޔާތައް އިތުރަށް ހަރަކާތްތެރިވުމަށް ފުރުޞަތު ފަހިވެގެން ދިއުން.
• ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުވެ، އިޖްތިމާޢީ ރޫހު އާލާވުން.
ވެބްސައިޓް www.ngoportal.mv
67
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ފެއަރ އިންތިޒާމްކުރުމަށްޓަކައި، ސަރުކާރުގެ މިނިސްޓްރީތަކުގެ އިތުރުން ޓުއަރިޒަމް ދާއިރާގެ ޖަމްޢިއްޔާތަކާއި، ކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރސް ތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި.
• 2019 މާރިޗު މަހުގެ 16 އިން 18 އަށް "ހަވެލި" ނަމުގައި، ދަރުބާރުގޭގައި ފެއަރ ބާއްވާފައި.
• ފެއަރގައި ޖުމްލަ 104 ޖަމްޢިއްޔާއަކުން ބައިވެރިވެފައި. އަދި ފެއަރއަށް ދަރިވަރުންނާޢި އާންމުން އަދި ވިޔަފާރިވެރިން ހިމެނޭގޮތަށް ޖުމްލަ 1980 މީހުން ޒިޔާރަތްކޮށްފައި.
ފެންނާނެ ބަދަލު • މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގެ މަޢުލޫމާތުތައް އާންމުންނަށް ލިބިގެން ދިއުން.
• މަދަނީ ޖަމްޢިއްޔާތަކާއި ވިޔަފާރި ކުންފުނިތަކާއި ދެމެދު ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އިތުރަށް ފަހިވުން.
• ޖަމްޢިއްޔާތަކުގެ މެދުގައި ގައުމުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރުމުގެ ރޫޙު އަށަގަނެވި، އާންމުން ޖަމްޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމަށް ފުރުޞަތު ފަހިވެ، ޖަމްޢިއްޔާތައް ބާރުވެރިވެގެންދިއުން.
68
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސްޕޯޓްސް ކައުންސިލަރުންގެ ދައުރު ކަނޑައަޅައި، ސިވިލް ސަރވިސްގެ ދަށުން މަޤާމް އެކުލަވާލާފައި.
• ހުރިހާ ރަށްރަށަކުން ސްޕޯޓްސް ކައުންސިލަރުން އައްޔަން ކުރުމަށްޓަކައި ފުރުޞަތު ހުޅުވާލާފައި.
• މިހާތަނަށް އެޕްލައި ކުރި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާ 69 ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގިފައި.
ފެންނާނެ ބަދަލު • ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަށް މަގުފަހިވުން.
• ރަނގަޅު ކާނާ ކެއުމުގެ މުހިއްމުކަމާއި ސިނގިރޭޓާއި އެނަރޖީ ޑްރިންކް ފަދަ ނޭދެވޭ އާދަތަކުން ސިއްހަތަށް ލިބޭ ގެއްލުމަށް ހޭލުންތެރިވުން.
• ކުޅިވަރު ކުރިއަރައި، ރަށުގެ އިޖުތިމާއީ ގުޅުން ހަރުދަނާވެ އެކުވެރި މުޖުތަމައެއް އުފެދުން.
69
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެސޯސިއޭޝަންތަކުގެ އޮޑިޓް ހެދިފައި.
• އެސޯސިއޭޝަންތަކާ މަޝްވަރާކުރެވި ބަޖެޓު އެކުލަވާލާ ފާސްކުރެވިފައި.
ފެންނާނެ ބަދަލު • ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީވެ އެ ދާއިރާއިން ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ދިއުން.
• އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާވެ، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން.
• ހުރިހާ ކުޅިވަރަކަށް ހަމަހަމަ ގޮތެއްގައި ކުރިއެރުމަށް ސަރުކާރުން ފުރުސަތު ލިއްބައިދިނުން.
70
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކުޅިވަރު ފެސިލިޓީތަކުގެ ޙާލަތާއި، ކުޅޭ ކުޅިވަރުތަކުގެ މަޢުލޫމާތުތައް ކައުންސިލްތަކުން ހޯދިފައި.
• ހޯދުނު މަޢުލޫމާތުގެ އަލީގައި ރިޕޯޓެއް އެކުލަވާލެވިފައި.
ފެންނާނެ ބަދަލު • ކުޅިވަރު ފެސިލިޓީ ޤާއިމްކުރާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ކުޅިވަރު ފެސިލިޓީތައް ތަރައްޤީވުން.
• ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ލިބުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް youth.gov.mv/assets/source/docs/Sports_Audit_Report_2019.pdf
71
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އަންހެން އަދި ފިރިހެން ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ދެވޭ އެލަވަންސް ހަމަހަމަކުރެވިފައި.
ފެންނާނެ ބަދަލު • ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެންދިއުން.
• ހުރިހައި ޤައުމީ ކުޅިވަރު ޓީމްތަކެއްގެ މެދުގައި އަދި ކުޅުންތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުން.
72
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ދިޔަރެސް"ގެ ނަމުގައި މޫދުކޮންވެންޝަނެއް 12 މާރޗް 2019 ގައި ބޭއްވިފައި.
• މި ކޮންވެންޝަނުގައި ބައިވެރިވި ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ސްވިމް މޯލްޑިވްސް އާއި ސެއިލިން މޯލްޑިވްސް އާއި ރޯވިން މޯލްޑިވްސް އަދި ސާފިން އެސޯސިއޭޝަން ހިމެނޭ.
• ކޮންވެންޝަންގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު ޕެނަލް ޑިސްކަޝަން ބޭއްވި، މޫދު ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވަނީ ދެނެގަނެވިފައި.
ފެންނާނެ ބަދަލު • ރާއްޖޭގެ ރަށްތަކުގައި މޫދު ކުޅިވަރު އިތުރަށް ފުޅާ ކުރެވި މީހުން ދިރިއުޅޭ ރަށްރަށުގައާއި އަދި ރިޒޯޓުތަކުގައި ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެން ދިއުން.
• ރާއްޖޭއަކީ ތަފާތު ވައްތަރުގެ މޫދު ކުޅިވަރުތައް ބޭއްވި އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށް މަގުފައިވުން.
73
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުރަތަމަ ޕްރޮގްރާމް މާލެ ސިޓީގައި ބާއްވާފައި.
• އަހަރުތެރޭގައި ރާއްޖޭގެ ތަފާތު ސަރަޙައްދު ތަކުގައި ޕްރޮގްރާމް ހިންގުމަށް ރާވާފައި
ފެންނާނެ ބަދަލު • ހުރިހާ އުމުރުފުރައެއް ޝާމިލުވާގޮތުން، ދުޅަހެޔޮ، ހަށިހެޔޮ މުޖްތަމަޢުއެއް ބިނާވެގެންދިއުން.
• މުޖުތަމައުގެ އެއްބައިވަންތަކަމާއި އިޖްތިމާޢީ ރޫހު އާލާވުން.
74
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސްވިމިން ޕޫލް ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދަނީ.